ގާނޫން އަސާސީއާއި ޚިލާފު ނިންމުމަކަށް އަމަލެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މައުމޫން މިފަދަ ޓްވީޓެއް ކުރައްވާފައިމިވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައިވަނިކޮށެވެ. ރައީސް މައުމޫންގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައިވަނީ މި ނިންމުމަށްކަމަށް ބެލެވެއެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އެއްވެސް ފަރާތަކުން ގާނޫން އަސާސީއާއި ޚިލާފު ނިންމުމެއް ނިންމުމަކީ ބާތިލް ނިންމުމެއްކަމަށެވެ. އަދި އެފަދަ ނިންމުމަކަށް އަމަލުނުކުރެވޭނެކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ގާނޫން އަސާސީއާއި ޚިލާފު ނިންމުމަކަށް އަމަލެއް ނުކުރެވޭނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ