ހުޅުމާލޭއަށް 17 އަހަރު ފުރުން: މިއަދު ހަވީރު ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް!

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އަރބަންކޯއިން މިއަދު ހުޅުމާލޭގައި ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އަރބަންކޯއާއި، ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ނެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 ހަމައަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައިއެވެ. އެއީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދު، އަދި ރުށްގަނޑު 3 ސަރަހައްދެވެ.
މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އެގޮތުން މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމުގެ ޓެސްޓުތައް ހަދާނެ އެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރުށްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރގެ ފަރާތުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އަކީ ޑެންޓަލް ޗެކަޕްތަކެވެ.
ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުމެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ