މާލެއިން ބޭރުގައި ބާއްވާ އެންމެ ކުލަގަދަ އުރީދޫގެ ފަން ރަން މިއަދު ހަވީރު ކުޅުދުއްފުށީގައި
ރާއްޖޭގައި އެންމެ ކުލަގަދަކޮށް ބާއްވާ އުރީދޫގެ ފަން ރަން މިއަދު ހަވީރު ކުޅުދުއްފުށި ސިޓީގައި ފަށާނެއެވެ. ދުވުން ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައި ކުޅުދުއްފުށީ ރަހުމަތި ސަރަހައްދުންނެވެ. އެހެންވެ، ރަންގައި ބައިވެރިވާ ފަރާތްތަކުން ކުޅުދުއްދުފުށީ ރަހުމަތި ފަންނީ ސަރަހައްދަށް މިއަދު 3:45 އަށް ދިއުމަށް، އުރީދޫއިން ވަނީ އެދިފައެވެ. ކުޅުދުއްފުށި ސޓީގައި މިއަދު ބައްވާ އުރީދޫ ފަން ރަންގެ ރޫޓު --- ފޮޓޯ/ އުރީދޫ އުރީދޫއިން ބުނީ، 4:30 ގައި ދުވުން ފަށަން ރާވާފައިވި ނަމަވެސް، ދުވުމުގެ ކުރިން "ވާމް އަޕް" ކޮށްލުމަށް ކުޅުދުއްފުށި ސޯލްފިޓް ފިޓްނެސް ސެންޓަރުގެ ބައިވެރިންނާއެކު، ވާމް ސެޝަނެއް އޮންނާނެ ކަމަށެވެ. އެއަށް ފަހު، ދުވުން ފެށިގެން ދާނީ ރަންގެ ޝަރަފުވެރި މެމްބަރުންނާއި ދުވުންތެރިންނާއެކު، ނެގޭ ރަސްމީ ސެލްފީއަކަށް ފަހުގައި ކަމަށް އުރީދޫން ބުންޏެވެ. ފަން ރަންގެ ފަސް ކިލޯމީޓަރުގެ މި މަޖާ ދުވުމުގައި ކޮންމެ ކޮލޯމީޓަރަކުން މަޖާ ހަރަކާތްތްތަކެއް ފެންނާނެ ކަމަށް އުރީދޫން ބުންޏެވެ. އޭގެ ތެރޭގައި ކުލަޖެހުމާއި "އިންފްލެޓަބަލް އޮބްސްޓެކްލްސް"ގެ އިތުރުން ރަން ނިންމާލުމުގެ ގޮތުން ފޯމް ޕާޓީއެއް ހިމެނެއެވެ. މީގެ ކުރިން އުރީދޫއިން ބޭއްވި ރަންއެއް --- ފޮޓޯ/ އުރީދޫ ކޮންމެ ކިލޯމީޓަރެއް ނިމޭއިރު، އެކަން ފާހަގަކޮށް ހަރަކާތްތައް ކުރިއަށްދާ ސްޓޭޝަންތަކުގައި، އުރީދޫގެ ޓީމާއެކު، ކުޅުދުއްފުށީގެ ތިން ޖަމިއްޔާއެއް ކަމަށްވާ، ހިރަސްފުސް، ކޮރަލް ކްލަބް އަދި ޒިގްޒަގް ފޯ ޔޫތު ލިންކޭޖްއިން ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން، ދުވުން ނިންމާލުމަށްފަހު، މެޑަލް ޓެންޓާއި ބިބްއާއެކު އައުމުން، ދުވުން ފުރިހަމަ ކުރިކަމުގެ މެޑަލްއެއް ކޮންމެ ރަޖިސްޓާޑް ދުވުންތެރިއަކަށް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. މިއަދު ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަން އަކީ، މާލެއިން ބޭރުގައި ބާއްވާ އެންމެ ކުލަދަގަދަ ހަރަކާތަށްވާއިރު، މި ރަންގައި ޖުމުލަ 2،500 ރަޖިސްޓާޑް ދުވުންތެރިން ބައިވެރިވާނެއެވެ. މީގެ ކުރިން އުރީދޫއިން ބޭއްވި ރަންއެއް --- ފޮޓޯ/ އުރީދޫ މީގެ އިތުރުން، ރަންގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމަދީގެ އިތުރުން މެނޭޖްމެންޓް ޓީމާއެކު، ކުޅުދުއްފުށި ސިޓީގެ މޭޔަރު، މުހައްމަދު އާތިފް އާއި ކައުންސިލްގެ މެމްބަރުން އިތުރުން ހދ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އުރީދޫ ފަން ރަން، އެސްއެސް ނެޓުގެ އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ