ޗެލްސީން ބްރައިޓަންގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ 70 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފި ޗެލްސީން ބްރައިޓަންގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ 70 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފި

ލަންޑަން (ޖޫން 30) - ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ޖޮއާއޯ ޕެޑްރޯ، 70 މިލިއަން ޑޮލަރުގެ އަގަކަށް ގަންނަން ޗެލްސީން ނިންމައިފި އެވެ.
ބްރެޒިލްގެ ފްލުމިނެންސޭ އާއި އިންގްލެންޑްގެ ވަޓްފޯޑަށް ކުރިން ކުޅުނު ޖޮއާއޯ ޕެޑްރޯ، 23، މީގެ ދެ އަހަރު ކުރިން، ބްރައިޓަން އަށް ސޮއިކުރީ، 35 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ފާއިތުވި ދެ އަހަރު އެ ޓީމުގައި ޖޮއާއޯ ޕެޑްރޯ ދެއްކި ކުޅުމުން އޭނާ އަށް ގިނަ ކްލަބްތަކުގެ އޮފާ ލިބުނެވެ. އޭގެ ތެރޭގައި، ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ހިމެނެ އެވެ.
ބްރައިޓަން އަށް ދެ އަަހަރު ތެރޭ ކުޅުނު 70 މެޗުން، ޖޮއާއޯ ޕެޑްރޯ ވަނީ، 30 ގޯލު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެެވެ.
ޗެލްސީން ޖޮއާއޯ ޕެޑްރޯ ގަންނަނީ 70 މިލިއަން ޑޮލަރު ދީފައި، ހަތް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިއީ، މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ނިންމާ ހަ ވަނަ ޑީލެވެ. ޗެލްސީން ވަނީ އިޕްސްވިޗް ޓައުން އަށް 42 މިލިއަަން ޑޮލަރު ދީފައި، އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް ގަނެފަ އެވެ.
މީގެ އިތުރުން، 40 މިލިއަން ޑޮލަރަށް ޕަލްމެއިރާސްގެ އެސްޓެވާއޯ، 25 މިލިއަން ޑޮލަރަށް ސްޕޯޓިން ލިޒްބަންގެ ޑާރިއޯ އެސޫގޯ، 18 މިލިއަން ޑޮލަރަށް ސްޓްރޯސްބާގްގެ ޑިފެންޑަރު، މަމަދޫ ސާ އަދި 13 މިލިއަން ޑޮލަރަށް، އިންޑިޕެންޑިއެންޓޭ އަށް ކުޅޭ ކޮލަމްބިއާގެ ކެންޑްރީ ޕައޭޒްގެ ޓްރާންސްފާ ވެސް ޗެލްސީން ވަނީ ނިންމައިފަ އެވެ.
ޗެލްސީން ވަނީ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ފުލްބެކް، ޖޭމީ ގިޓެންސް، 64 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ