އެންމެ މަގުބޫލު މަންޒިލްގެ ޝަރަފާއެކު، ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ރާއްޖެއަށް ޝަރަފުވެރި 2 އެވޯޑެއް
ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ފާހަގަކޮށްލެވޭ ދެ ޝަރަފުވެރި އެވޯޑެއް ދިވެހިރާއްޖެއިން ހާސިލުކޮށްފިއެވެ. ޑަބްލިއުޓީއޭއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ އިހުތިރާމް ލިބިގެންވާ އެއް ޕްރޮގްރާމެވެ. އަދި އެ ޕްރޮގްރާމްގައި ދޭ އެވޯޑުތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އިނާމުދިނުމެވެ. އެގޮތުން ޑަބްލިއުޓީއޭގައި މިފަހަރު ރާއްޖެއަށް ލިބުނު ދެ އެވޯޑަކީ: އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2025 (މިއީ 2020-2024 އަށް ވެސް ހޯދާފައިވާ އެވޯޑެއް) އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2025 (މިއީ މިދިޔަ އަހަރު ވެސް ހޯދާފައިވާ އެވޯޑެއް) މި އެވޯޑުތައް ރާއްޖެއަށް ދީފައި ވަނީ އިއްޔެ ޓެންޒޭނިއާގެ ޖޯހަރީ ރޮޓާނާ ޑާރަސް ސަލާމްގައި ބޭއްވި 'ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާ' ހަފުލާގައެވެ. https://x.com/visitmaldives/status/1939250449661710563 މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އެ ކާމިޔާބީ ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެ އެވޯޑުތަކަކީ މުހިންމު އެވޯޑުތަކެއް ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްސަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކް އިތުރު ހިތްވަރެއްދޭތީ ކަމަށް ޝިއުރީ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ