ސިވިލް ސަވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވެސް މަސައްކަތްކުރައްވަނީ އެއް އަމާޒަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ނާސިހު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސްއިން ބޭއްވި “އަހަރު މެދު މުރާޖާ 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި މުހައްމައްދު ނާސިހު ވިދާޅުވީ ކުރެވޭ މަސައްކަތްތައް މުރާޖާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާވާ ކަންކަން ހާސިލްނުކުރެވުނު ސަބަބުތައް ދެނެގަތުމަކީ އެހައިމެ ބޭނުންތެރި ކަމެއްކަމަށް ނާސިހު ވިދާޅުވިއެވެ. މީގެ އިތުރުން ސެކްޝަން ނުވަތަ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން ރިވިޔުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނާސހު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވައި މަސައްކަތްޕުޅު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ޝުކުރުއަދާކުރެއްވިއެވެ.
ރަސްމީ ގަޑީގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާ ގެއްލޭނެ ސިވިލް ސަރވިސްގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި މަގުބޫލު ލިޔުންތައް ޕީއެންސީން މެންބަރުން މަދުވެ ޕީއެންއެފް އަށް މެމްބަރުން އިތުރުވާން ފަށައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ