މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށް، ގެސްޓް ހައުސްއަކާއި އެ ގެސްޓް ހައުސް ހުންނަ ސަރަހައްދު ފާސްކުރި އިރު ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފާސްކުރީ، ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ 30 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އޮޕަރޭޝަން ހިންގީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ކަމަށާއި ހައްޔަރުކުރި މީހުންގެ އަތުން، ފަތްޖެހި ވަޅިއެއްގެ އިތުރުން 39،695ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެ އެވެ. އަނެއް ދެ މީހުން ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ފުލުހުން ބުންނެވެ.
މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށް ފާސްކުރި އިރު ވަޅިއަކާއި ގިނަ އަދަދެއްގެ ފައިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ