މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން ނ.ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން މިއަދު ބުނީ އަންނަ ޖެނުއަރީމަހު ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މި ދަތުރުތައް ފަށާނީ ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެންކަމަށާއި، ކޮންމެ ހަފްތާއަކު 2 ދަތުރު ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
އަދި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހެވެ. ދަތުރުތައް ފެށުމާ ދިމާކޮށް އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 999 ރުފިޔާއެވެ.
ވެލިދޫއަށް ހާއްސަކޮށް ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، އެރަށަށް ސީޕްލޭން އޮޕަރޭޝަން ފަށައިދޭނޭކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، މިއަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަންނަ ޖެނުއަރީމަހުގެ ތެރޭގައި ވެލިދޫއަށް ސީޕްލޭން އޮޕަރޭޝަން ފަށައިދޭނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ