ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ރާއްޖޭގައި މި ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 އާއި ހަމައަށް ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބަޔަކު ހޯދަނީ 10 އަހަރަށް ކަމަށެވެ. އަދި މިއީ ހެލިކޮޕްޓަރުގެ ހިދުމަތް އެއާ އެމްބިއުލާންސްގެ ގޮތުގައި އާއި ރެސްކިއު އޮޕަރޭޝަންސްތަކުގައި ވެސް ބޭނުން ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ހެލިކޮޕްޓަރުގެ ހިދުމަތަށް ބަޔަކު ހޯދަން ހުޅުވާލި އިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ ރާއްޖޭގައި އެ ހިދުމަތް ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. އެހެންވެ އެ ހިދުމަތް ރާއްޖޭގައި ފަށާނީ އެ ސްޓަޑީޒްގައި ބުނާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވެސް ދެ ހެލިކޮޕްޓަރު އޮވެ އެވެ. އެއީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރެވެ. އެ ހެލިކޮޕްޓަރުތައް މީގެ ކުރިން ގަވައިދުން މެޑިކަލް އިވެކްއޭޝަންތަކަށް ބޭނުން ކުރަމުން ގޮސްފައިވެ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ