ޔޫތު އޮލިމްޕިކްސްގައި ރަޝިއާ އާއި ބެލަރޫސް އެތުލީޓުންނަށް ގައުމު ތަމްސީލް ކުުރުމުގެ ފުރުސަތު ދޭން ހުށަހަޅައިފި ޔޫތު އޮލިމްޕިކްސްގައި ރަޝިއާ އާއި ބެލަރޫސް އެތުލީޓުންނަށް ގައުމު ތަމްސީލް ކުުރުމުގެ ފުރުސަތު ދޭން ހުށަހަޅައިފި

ޒިއުރިކް (ޑިސެމްބަރު 12) - ޔޫތު އޮލިމްޕިކްސްގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އަމިއްލަ ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ދިނުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ހުށަހަޅައިފި އެވެ.
ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރުގެ ފެބްރުއަރީގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުން އަތުން ވަނީ އޮލިމްޕިކް އިވެންޓްތަކުގައި އަމިއްލަ ގައުމު ތަމްސީލްކުރުމުގެ ފުރުސަތު އަތުލައިފަ އެވެ. އޭގެ ފަހުން، އެ ދެ ގައުމުގެ އެތުލީޓުން އިންޓަނޭޝަނަލް ގިނަ އިވެންޓްތަކުގައި ބައިވެރިވަމުން އަންނަނީ، ނިއުޓްރަލް އެތުލީޓުންގެ ގޮތުގަ އެވެ.
ދާދި ފަހުން ބޭއްވި އައިއޯސީގެ ހިންގާ ކޮމިޓީގެ އެގްޒެކްޓިވް ސަމިޓްގައި ނިންމާފައިވަނީ، ޔޫތު އޮލިމްޕިކްސްގައި، ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އަމިއްލަ ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ދޭ ގޮތަށެވެ. މި ނިންމުން ފާސްވެގެންދާނީ، އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ތާއީދު މި ކަމަށް ލިބިގެންނެވެ.
އައިއޯސީގެ ވިސްނުން ހުރި، އަންނަ އަހަރު ސެނެގާލްގެ ޑަކާގައި ބާއްވާ ޔޫތު އޮލިމްޕިކްސްގައި، ބެލަރޫސް އާއި ރަޝިއާގެ އެތުލީޓުންނަށް އަމިއްލަ ގައުމު ތަމްސީލް ކުރުމުގެ ފުރުސަތު ލިބޭ ގޮތް ހެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ