ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ.
އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އިނާމަށް ހުށަހަޅުއްވާ ތަކެތި ކައުންސިލު އިދާރާއާއި ހަވާލުކޮށްދެއްވުމަށް އެ ކައުންސިލުން އެދެއެވެ.
އިނާމުގެ ގޮތުގައި ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކުން، އެ ކައުންސިލްގެ އެކައުންޓް 7706700331003 އަށް ފައިސާ ޖަމާކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.
އެ ކައުންސިލުން ބުނީ ޓްރާންސްފާކުރާއިރު ޓްރާންސްފާކުރާ ފަރާތުގެ ނަމާއި އެޑްރެސް އަދި ކޮންކަމަކަށް ނުވަތަ ކޮންވަނައަކަށް ކަން ރިމާކްސްގައި ލިޔެފައި ޓްރާންސްފާ ކުރެއްވުން އެދޭ ކަމަށާއި އަދި ސްލިޕް 9797796 މި ނަމްބަރަށް ވައިބަރ ކުރެއްވުމަށް އެދޭ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް 9761919 މި ނަމްބަރަށް ގުޅުމަށް އެ ކައުންސިލުން އެދެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތަށް އިނާމް ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ