އަންނަ އަހަރަށް ލަފާކޮށް ސައުދީ އަރަބިއްޔާ އިން 350 ބިލިއަން ޑޮލަރުގެ ބަޖެޓެއް ނުވަތަ 1.31 ޓްރިލިއަން ރިޔާލު ބަޖެޓެއް އިއްޔެ ފާސްކޮށްފި އެވެ.
އެ ގައުމުގެ އިގްތިސާދު ފުޅާ ކުރުމުގެ ޕްލޭނަށް ހަރަދު ކުރުމަށް 44 ބިލިއަން ޑޮލަރުގެ ޑެފިސިޓެއް އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 1.15 ޓްރިލިއަން ރިޔާލެވެ. މިއީ މި އަހަރާ އަޅާބަލާއިރު %5.1ގެ ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.09 ޓްރިލިއަން ރިޔާލްގަ އެވެ.
މި އަހަރު 1.33 ޓްރިލިއަން ރިޔާލް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެއީ ކުރިން ކަނޑައެޅި ބަޖެޓަށް ވުރެ %4 އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ޖީޑީޕީ ވަނީ އަހަރަކު %4.1 އިތުރުވެފަ އެވެ. އަދި ތެލާ ނުގުޅޭ ދާއިރާތަކުން އެ އަދަދު ވަނީ %4.7 އިތުރުވެފަ އެވެ.
މި އަހަރު ދައުލަތުގެ ޖުމްލަ ދަރަނި 1.45 ބިލިއަން ރިޔާލް އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު އެ އަދަދު އުޅޭނީ 1.62 ބިލިއަން ރިޔާލު އެވެ.
ސައުދީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 46.5 ބިލިއަން ރިޔާލް އަށް އަރާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ސައުދީން 350 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ