އަޔާ އޮޑި އަށް ސޮއިކޮށްފި އަޔާ އޮޑި އަށް ސޮއިކޮށްފި

މި ސީޒަނުގައި މުޅިން އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްް ތަފާތު ދައްކަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުން، އަހުމަދު އަޔާޒް (އަޔާ)ގެ ސޮއި ހޯދައިފި އެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަޔާ ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އެ ގޮތުން، މީގެ ފަސް އަހަރު ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި އަޔާ، އޮޑި އަށް ސޮއިކުރީ މި ސީޒަނުގެ ނިޔަލަށެވެ.
"އަޔާ، އޮޑި ސްޕޯޓްސް ކުލަބާއި ގުޅުމަކީ މި ކުލަބުގެ މެނޭޖްމެންޓާއި، ކުޅުންތެރިން އަދި ސަޕޯޓަރުން އުފަލާއެކު ބަލައިގަންނަ ކަމެއް. އަދި މި ކުލަބުގެ އުންމީދަކީ އަޔާއާއެކު ކާމިޔާބު ސީޒަނެއް ނިންމާލުން. އަޔާގެ ހުނަރާއި ތަޖުރިބާ ދިވެހި ފުޓްބޯޅައަށް ވެސް މުހިންމު! މި ކުލަބުގެ އުންމީދަކީ އަޔާއާއެކު ކާމިޔާބީތައް ހޯދުން،" އޮޑި ސްޕޯޓްސް ކްލަބުން ބުނެފައިވެ އެވެ.
އަޔާ އަކީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ. އަޔާ ވަނީ އަޔާ ވަނީ، 2019 ވަނަ އަހަރު، އޭޝިއަން ކަޕް ކޮލިފައިންގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ. އަދި، ދާދި ފަހުން، މިޔަންމާގައި ކުރިއަށްދިޔަ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ގައުމީ ފުޓްސަލް ޓީމަށް ވެސް އަޔާ ކުޅެފައިވެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމުުނުއިރު، އޮޑި އޮތީ ދެ ވަަނައިގަ އެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެން ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގެ ދެ ވަނަ ބުރު ފަށާނީ އަންނަ ހަފްތާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ