ގާސިމް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފި
މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި, އުމުރުން 74 އަހަރުގެ ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ އިއްޔެއެވެ. އެ ހޮސްޕިޓަލުގައި ގާސިމަށް އަދިވެސް ފަރުވާ ދެމުން އަންނައިރު މިހާރު ހާލަތު ރަނގަޅުވަމުން އަންނަކަން ވަނީ އެނގިފައެވެ. މާމިގިލި ދާއިރާގެ މެންބަރުކަން ކުރައްވާ ގާސިމް އިއްޔެ އައިޖީއެމްއެޗަށް ގެނައީ މި ފަހަކަށް އައިސް އާއްމުކޮށް ދިރިއުޅުއްވާ, ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ސިއްހީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެވަޑައިގެންނެވުމުގެ ސަބަބުންނެވެ. ދިވެހި ދައުލަތަށާއި ގައުމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ, ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ, ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) ވެސް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ