ޒުވާނެއްގެ މެޔަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ދެންމެ ބުނީ މަޖީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލަ ފަތިހު 5:15 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ އޭނާގެ މެޔަށެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޒުވާނެއްގެ މެޔަށް ހަމަލާދީ ޒަހަމުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ