މުލަކު އަންހެނުން ކޮމިޓީގެ ބައި އެލެކްޝަން ޕީއެންސީ ކާމިޔާބު ކޮށްފި

މ. މުލަކު އަންހެނުން ކޮމިޓީގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ.
މުލަކު އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެއެވެ. އެ ކޮމިޓީގެ މަގާމަށް ވާދަކުރައްވާފައިވަނީ 2 ކެންޑިޑޭޓުންނެވެ.
އެގޮތުން، ވާދަކުރެއްވި 2 ކެންޑިޑޭޓުންނަކީ، ސަރުކާރު ހިންގާ ޕީއެންސީ ގެ ފަރާތުން ވާދަކުރެއްވި ޒައީމާ އަބްދުއްރަޝީދު އާއި އަންހެނުންގެ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރެއްވި މަރިޔަމް ހަސަންއެވެ.
ނަތީޖާޒައީމާ އަބްދުއްރަޝީދު – 243 ވޯޓު ލިބުނުމަރިޔަމް ހަސަން – 229 ވޯޓު ލިބުނުމ. މުލަކު އަންހެނުންގެ ކޮމިޓީ އިންތިހާބުގައި 1،322 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ދިނީ 490 މީހުނެވެ. އަދި އެ އިންތިހާބުގައި 18 ބާތިލް ވޯޓު ގުނާފައިވެއެވެ. އަދި 472 ސައްހަ ވޯޓު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ