20 ވަނަ މަޖިލީސް ހުވާކުރުން އަންނަ މަހު 28 ގައި

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް އަލަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރުން އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރުން ހުވާކުރުމާއި ގުޅޭ ގޮތުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން ކުރަމުންދާ ކަމަށެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ނިމުނު މަޖިލީސް އިންތިހާބުގައި މި ހިނގާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ދިފާއުކުރެއްވީ 11 މެންބަރުންނެވެ. 93 ދާއިރާގެ ތެރެއިން 67 ދާއިރާއެއްގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމުން ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ ވަނީ ހޯދާފައެވެ.
އަމިއްލަ ގޮތުން ވާދަކުރި 10 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައެވެ. ޖޭޕީ، އެމްއެންޕީ އިން އެއް ގޮނޑި އަދި އެމްޑީއޭއިން ދެ ގޮނޑީ ކާމިޔާބުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ