ނަޝީދަށް ރައްކާތެރިކަން ދީ މޭ ހައެއްގެ މައްސަލަ ބެލުމަށް ގޮވާލައިފި

ޑެމޮކްރޭޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމުގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މޭ ހައެއް 2021،ގައި ދިން ހަމަލާގެ މައްސަލަ ބަލައި އިންސާފް ހޯދައިދިނުމަށް އެމަނިކުފާނު އިސްވެ އުޅުއްވާ ދަ ޑެމޮކްރޭޓްސް ޕާޓީއިން ގޮވާލައިފި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު ފުރުމާ ގުޅިގެން ޑެމޮކްރޭޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ،  އެ ހަމަލާއަށް ތިން އަހަރު ފުރުނު އިރު އަދިވެސް އެމަނިކުފާނަށް އިންސާފު ނުލިބޭތީ ކަންބޮޑުވާކަމަށެވެ. "...ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. ޑެމޮކްރޭޓްސްގެ ބަޔާނުގައި ބުނެ އެވެ. އެ ބަޔާނުގައި ގޮވާލައިފައި ވަނީ ނަޝީދަށް އިންސާފު ހޯދައިދިނުން އަވަސްކުރުމަށެވެ. އަދި މި މައްސަލާގައި ހިމެނޭ ބައެއް މީހުން ދޫވެ، ޝަރީއަތްތައް ލަސްވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ނަޝީދަށް ހަމަލާ ދިނީ މޭ 6، 2021ގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ