ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ، ގޮއިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގޮއިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެނަކަ އިންޖީނުގެއާ އޮފީހަކީ، ދަތި ނުވެ 10 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ.
ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ބިނާކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. އައު އިންޖީނުގޭގައި 4 ޖެންސެޓް ބަހައްޓާފައިވާއިރު މިހާރުގެ ކެޕޭސިޓީއަކީ، 648ކިލޯވޮޓްއެވެ.
ފެނަކަ އިންޖީނުގެއާ އޮފީސް ހުޅުއްވައި ދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫކަރަންޓްގެ ވިއުގަވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
ގޮއިދޫ ފެނަކަ އޮފީހާއި އައު އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ