ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް-ތާވޫން އާއި ދެކޮޅަށް ކުޅުނު މެޗުންވެސް އަލް ނަޞްރު ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ތާވޫން އަތުން އަލް ނަޞްރު ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.
އަލް ނަޞްރަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ޚަރަދެއް ކޮށް މޮޅެތި ކުޅުންތެރިން ކުލަބަށް ގެނައި އެއް ޓީމެވެ. އެގޮތުން ސަދިއޯ މާނޭ ބްރޮންޒޮވިޗް ފަދަ ކުޅުންތެރިން ވަނީ ގެނެެސްފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ، ސަދިއޯ މާނޭ، މާކޯ ބްރޮންޒޮވިޗް، ޓަލިސްކާ ފަދަ ކުޅުންތެރިންނާއި އެކުވެސް ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުން ވެސް ބަލިވެފައި ވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޓީމަށް ވަނީ އަމާޒުވެފައެވެ.
ރޭގެ މެޗަކީ މިފަހަރުގެ ލީގުގައި އަލް ނަޞްރުން ކުޅުނު ދެވަނަ މެޗެވެ. އަދި މި ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އަލް ނަޞްރުގެ ފެށުން ގޯސްކޮށް ދިޔައިރު، ލީގުގައި ކުރިޔަށް ދެން އޮތީ އޭއެފްސީ ޗެމްޕިއަންސް ލީގު ޕްލޭއޮފް ގައި ޔޫއޭއީ ޕްރޮ ލީގުގެ ޗެމްޕިއަން ޝަބާބް އަލް އަހުލީ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަކީ ވެސް އެ ޓީމަށް އުނދަގޫ ވާނޭ މެޗެއްކަމަށް ބެލެވެއެވެ.
ރޭގެ މެޗު ފެށިގެން ވެސް އަލް ނަޞްރަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. ފަހަތަށް ފަސް ޑިފެންޑަރުން ލައިގެން ކުޅުނު އަލް ތާވޫން އިން ވަނީ އަލް ނަޞްރުގެ ވަރުގަދަ ފޯވާޑް ލައިން ހިފަހައްޓާފައެވެ. އަލް ތާވޫން އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ތާވޫންގެ ކެމަރޫން ފޯވާޑް ލިއަންޑްރޭ ޓަވަންބާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ފުރަތަމަ ހާފުގައި އަލް ނަޞަރަށް ތާވޫންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެވެ. އެއީ ރޮނާލްޑޯ ފޮނުވާލި ހަމަލާއެވެ. އެ ހަމަލާ ތާވޫންގެ ގޯލް ކީޕަރު ހުއްޓުވީއެވެ. އޭގެ ފަހުން ފޮފާނާ އަދި ބްރޮންޒޮވިޗް ގެ ހަމަލާތަކެއް ވެސް ފެނުނުއިރު، އޭގެ އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ފަރަގަކުން ތާވޫން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ އަލް ނަޞްރުން ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް އަލް ނަޞްރުގެ ވަރުގަދަ ފޯވާޑު ލައިނަށް ތާވޫންގެ ފަހަތް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ނަމަވެސް ނުރައްކާތެރި ދެތިން ހަމަލާއެއް އަލް ނަޞްރުގެ ފަރާތުން ފެނުނެވެ. އެއީ މާނޭއާއި ޓަލިސްކާދެ ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ހުރަކަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ތާވޫންގެ ގޯލްކީޕަރު މައިލްސަންއެވެ.
އަލް ނަޞްރުގެ މުޅި ޓީމު ކުރިޔަށް ޖެހި ނަތީޖާ ބަދަލަު ކުރެވޭތޯ މަސައްކަތް ކުރަމުން ދިއުމުގެ ނަތީޖާއަކަށް ވަނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އުފެއްދި ކައުންޓަ އެޓޭކެއްގައި ތާވޫނުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރުމެވެ. މެޗުގެ ފުރުހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ނުވަ މިނެޓުގެ ތެރެއިން ހަވަނަ މިނެޓުގައި ތާވޫންގެ ދެވަނަ ލަނޑު ޖަހައިދިނީ ފަހު ހާފުގައި ބަދަލަކަށް އެރި އަހުމަދު ސޯލިހު ބަހުސައިންއެވެ. އޭނާ މި ލަނޑު ޖެހީ އަލް ރޯގީ ދިން ބޯޅައަކުންނެވެ.
މި ނަތީޖާއާއި އެކު އަލް ނަޞްރު މިހާރުވަނީ ކުޅުނު ދެމެޗުންވެސް ނަލިވެ ލީގު ޓޭބަލްގެ 15 ވަނައަށް ވެއްޓިފައެވެ. ނަޞްރުއަތުން މޮޅުވި ތާވޫން ވަނީ ލިބުނު ހަތަރު ޕޮއިންޓާއި އެކު ލީގުގެ ހަތަރުވަނައަށް ޖެހިލާފައެވެ.
24 ރަށެއްގައި ސޯލާ ހަކަތައިން ކަރަންޓް އުފެއްދުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އައްޑޫން ގޯތި ލިބޭމީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅަން އެއް ހަފްތާގެ މުހުލަތެއް “ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން” ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެރެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ