މަޖިލީހުގެ މެޖޯރިޓީ ކޯލިޝަނަށް ނުލިބިއްޖެ ނަމަ ޔާމީނުގެ އަނިޔާވެރިކަން އަލުން އިޔާދަވާނެ : މައުމޫން

އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ފުރިހަމަ މެޖޯރިޓީ ނުލިބިއްޖެނަމަ ކުރީގެ ރައީސް ޔާމީންގެ އަނިޔާވެރިކަން އަނބުރާ އިޔާދަ ވެދާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ދަރިކަލުން ފާރިސް މައުމޫނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ އަނިޔާވެރިކަން އިތުރަށް ދެކެން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ކޯލިޝަންގެ ހަތަރު ޕާޓީ ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެއްޔާ އެއްކަލަ އަނިޔާ ވެރިކަން އަނބުރާ އަންނާނެ. ރައްޔިތުން ހޮވަން ޖެހޭނީ ކޯލިޝަންގެ ކެންޑިޑޭޓުން ހަމައެއާއި އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ނޫން އެހެން ޕާޓީއެއްގެ މެމްބަރުން އިންތިހާބު ކޮށްދިނުމަކީ އެދޭ ގޮތް ނޫން" މައުމޫނު ވިދާޅުވިއެވެ.
އަދި އެމްއާރްއެމް އިން އިންތިހާބުވާ މެބްބަރުން ވާނީ ސަރުކާރު ހިމާޔަތްކޮށް، ސަރުކާރުގެ މަސްރޫޢުތައް ކުރިއަށް ގެންދަން އެހީތެރިވެދޭ  މެންބަރުންތަކެއްގެ ގޮތުގައި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ