ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފި އެވެ.ރައީސް އޮފީހުން ވިދާޅުވީ، ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 އަދި 19 ވަނަ ދުވަހުކަމަށެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށްކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.މިމަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި، ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.އެހެންވެ، ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި މި ވަގުތު ތިއްބެވީ ރައީސް، މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ދެ މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ. އެ ބޭފުޅުން ސީއެސްސީއަށް އައްޔަންކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ. ދައުރު ހަމަވާން އަދި އިތުރު ދެ އަހަރު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ