'ކުރަފި ޕާޓީ'ގެ ޕްރެޝަރަށް ކެތްނުކުރެވި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި

އިންޑިއާގައި ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު، ދަރުމެންދްރަ ޕްރަދާން މިއަދު އިސްތިއުފާ ދީފިއެވެ.
އިންޑިއާގައި 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީޖޭޕީ) ނުވަތަ 'ކުރަފި ޕާޓީ' އިން މިދިޔަ ޖޫން މަހުގެ ތެރޭގައި މުޒާހަރާތައް ފަށާފައިވަނީ އެގައުމުގެ އެންމެ ވާދަވެރި އިމްތިހާނެއް ކަމަށްވާ ނީޓް އިމްތިހާނު ހިމެނޭހެން ބައެއް އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކު ކުރުމާއި ގުޅިގެންނެވެ.
މި މައްސަލައިގެ ސަބަބުން އިންޑިއާގެ ގިނަ ދަރިވަރުންތަކެއް ނަފްސާނީ ގޮތުން ބަލިކަށިވެ، ބައެއް ދަރިވަރުން އަމިއްލައަށް މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
ސީޖޭޕީން ހަމައެކަނި މިނިސްޓަރުގެ އިސްތިއުފާއަކުން ނުފުދޭ ކަމަށް ވަނީ ބުނެފައެވެ. އެ ޕާޓީން އިތުރަށް ޑިމާންޑް ކުރަނީ އިމްތިހާނުތައް ބާއްވާ ނިޒާމު މުޅިން އިސްލާހުކޮށް، މި ހާދިސާގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެކަށީގެންވާ ބަދަލު ދިނުމަށެވެ.
މި އިސްތިއުފާއާ ގުޅިގެން އިންޑިއާގެ ތައުލީމީ ނިޒާމަށް ގެންނާނެ ބަދަލުތަކަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ