ބަނގުރާ އުފުލި ވޭނެއް ރޭ ހުޅުމާލެއިން ހުއްޓުވައި އޭގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަންގުރާ ކަމަށް ޝައްކު ކުރެއްވޭ ފުޅިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެ އަށް ދަތުރު ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ވޭން ރޭ 21:46 އެއް ހާއިރު ހުޅުމާލޭ ރީތިގަސް މަގުން ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.
"ވޭން ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލޭވޭ އެއްޗެއް ހުރި 500 އެމްއެލްގެ 75 ފުޅި ފެނިފައިވޭ،" ފުލުހުން ނޫސްތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ވޭނުގައި ހުރި ތިން ފޮށިގަނޑެއްގައި ރާ ބަނދުކޮށްފައި ހުރީ 500 އެމްއެލްގެ ފެން ހުސްކުރި ފުޅިތަކުގަ އެވެ.
މި މައްސަލައިގައި ވޭން ޓޯކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަދި އޭގެ ޑްރައިވަރަކަށް ހުރި ނޭޕާލުގެ ރައްޔިތެއް ކަމުގައިވާ ތިރްތާ ބަހަދޫރު، 37، ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ އުފުލި ވޭނަކާއި ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ބަނގުރާ އުފުލި ވޭނަކާއި ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ