މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ބްލެކު މާކެޓުން ބޮޑު އަގުގައި ވެސް ނުލިބޭތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރާތާ ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، ސަރުކާރުން އަދި އެމްއެމްއޭއިން މި މައްސަލައިގައި އެއްވެސް ބަހެއް ނުބުނާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ކަޅު ބާޒާރުން ޑޮލަރެއް ވިއްކާ އަގު 19.50ރ. އަށް އަރާފައި ހުންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ އަގުގައި ވެސް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކުން ފައިސާ ބޭންކުތަކަށް ޖަމާކުރުމާއި އެ ފައިސާއިން ބަޔެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ގާނޫނަށް ޖެނުއަރީ 1، 2025 ގައި އަމަލުކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދުވަހެއް ދުވަހަށް ދިޔައީ އުފުލެމުންނެވެ.
ޑޮލަރު މާރުކަރަން މަޖުބޫރުކުރުމުގެ ކުރިން އަދި އޭގެ ފަހުން ވެސް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ ބޭންކުތަކުން ޑޮލަރެއް ނުވިއްކަ އެވެ. އެހެންވެ، ކަޅު ބާޒާރުން ޑޮލަރު ގަތުމަށް މަޖުބޫރުވެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިން ބުނި ގޮތުގައި މިހާރު ކަޅު ބާޒާރުން ވެސް ބޭނުންވާ މިންވަރަށް ޑޮލަރެއް ނުލިބެ އެވެ.
"އެއްގޮތަކަށް ވެސް ނުލިބެއޭ ބުނުން ވެސް ރަނގަޅު. 19.50 އަށް މި އުޅެނީ ގިނަ އަދަދަކަށް ޑޮލަރު ނުލިބިގެން. މިހެން މިކަން ގިނަ މުއްދަތަކަށް ދާނަމަ ތަކެތީގެ އަގު ބޮޑުވެ، އަދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ކުންފުންޏެއް އެއް ޑިރެކްޓަރު ބުންޏެވެ.
ސަރުކާރުގެ އެތެރޭގެ ކަންކަން އެނގޭ މަސްދަރަކުން ބުނީ ޖެނުއަރީން ފެށިގެން މިހާތަނަށް ޓޫރިޒަމް ދާއިރާއިން ބޭންކުތަކަށް މާރުކުރި ޑޮލަރު އަދަދު 300 މިލިއަނަށް އަރާނެ ކަމަށާއި، ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލު ނުވާތީ ކަންބޮޑުވާ ކަމަށެވެ.
"ކޮން ތަނަކަށްތޯ އެ ފައިސާ ދިޔައީ. ބެލެވޭ ގޮތުގައި ދަރަނި ދެއްކުމަށް، އަދި އިސްރާފަށް،" އޭނާ ބުންޏެވެ.
ވިޔަފާރިވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާއިރު ވެސް ސަރުކާރުން ބަހެއް ނުބުނެ ހިމޭނުން އޮތުމެވެ.
"މިހާރު ޑޮލަރުގެ އަގު ހުރީ ކޮވިޑުގެ ދުވަސްވަރު އެންމެ މައްޗަށް ދިޔަ ވަރުގައި. ނަމަވެސް ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް އޮތް ހެނެއް ހިއެއް ނުވޭ. އެހެން ނޫންނަމަ ވިޔަފާރި ވެރިންނާ ވާހަކަ ދައްކާނެ، ލުއިކޮށްދޭނެ. ވިޔަފާރިވެރިންނަށް ބޭންކުން ޑޮލަރެއް ނުލިބޭ، ބްލެކު މާކެޓުން ވެސް ނުލިބޭ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
"މިކަމުގެ ގެއްލުން ވިޔަފާރިވެރިންނަށް އިންތިހާ އަށް ކުރާނެ. މުދަލުގެ އަގު ބޮޑު، އާންމުންނަށް ވެސް ދަތިތައް ކުރިމަތިވާނެ ނޫންތޯ،"
- މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ
- ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލަށް. ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލަށް.
- ކުނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި ހުންނާނީ 2-4 ފޫޓަށް. ދެކުނުގައި 1-3 ފޫޓަށް
ހުލާސާކޮށް އިއްޔެ: ވިޔަފާރިތަކަށް ގޮލަރު ނުލިބޭ މައްސަލަ ސަރުކާރަށް ބޮޑު ކަމަކަށް ނުވި ހުލާސާކޮށް އިއްޔެ: ވިޔަފާރިތަކަށް ގޮލަރު ނުލިބޭ މައްސަލަ ސަރުކާރަށް ބޮޑު ކަމަކަށް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ