ނަމާދުކުރާއިރު ސޫރަތްތައް ކިޔަވަން ފެށުމުގެ ކުރިން ބިސްމި ކިޔުން-

ކުރީގައި ނަމާދުކުރާއިއރު ސޫރަތްތައް ކިޔަވަން ފެށުމުގެ ކުރިން ބާރަށް ކިޔަވައެވެ. ނަމަވެސް މިހާރު ގިނަ އިމާމުން ކިޔަވަނީ އަޑު ނުއިވޭ ވަރަށެވެ. ބައެއް އިމާމުން ކިރިޔާ އަޑުއިވޭވަރަށް ކިޔަވައެވެ. އެހެންވެ ގިނަ ބައެއްގެ ހިތުގައި ސުވާލުތައް އުފެދޭތީ މިގެނެސްދެނީ އެކަން އޮތް ގޮތެވެ.  
ސޫރަތުލް ފާތިހާ ކިޔަވާއިރު بسم الله الرحمن الرحيم ކިޔަން ޖެހޭނެއެވެ. އަދި ތައުބާ ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއް ފަށާއިރުގައި ބިސްމި ކިޔެވުން ސުންނަތްވެގެންވެއެވެ. އަޑުހަރުކޮށް ކިޔެވޭ ނަމާދުތަކާއި ސިއްރުން ކިޔެވޭ ނަމާދުތަކުގައިވެސް ބިސްމި ކިޔުން ސުންނަތްވެގެންވާ ގޮތަކީ ސިއްރުންނެވެ. رسول الله صلى الله عليه وسلم އާއި ޚުލަފާއުއް ރާޝިދީންގެ އަރިހުން ދެބަހެއްނެތި ސާބިތުވެފައިވާ ގޮތަކީ މިއެވެ.  
البخاري އާއިمسلم أَنَسِ بْنِ مَالِكٍرَضِيَ اللَّهُ عَنْهُގެ އަރިހުން ރިވާކުރެއްވިއެވެ. ((أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا كَانُوا يَفْتَتِحُونَ الصَّلَاةَ بِ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ}))  
މާނައީ: "ހަމަކަށަވަރުން النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާއި أَبو بكرއަދި عُمَر رَضِيَ اللَّهُ عَنْهُمَا ވެސް ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވަން ފަށްޓަވަނީ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} އިން ފަށައިގެންނެވެ." އަދި صحيح مسلم ގައި ވެއެވެ. أَنَسِ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާއި أَبو بَكْرٍއާއި عُمَرَއަދި عُثْمَانَرَضِيَ اللَّهُ عَنْهُمَ ގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވީމެވެ. އެހުރިހާ ބޭކަލުން ކިޔެވުން ފަށްޓަވަނީ {الْحَمْد لِلَّهِ رَبِّ الْعَالَمِينَ} އިން ފަށައިގެންނެވެ. ((لَا يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلَا فِي آخِرِهَا )) ފުރަތަމަ ޤިރާއަތުގައި (ފާތިޙާ ސޫރަތް ވިދާޅުވާއިރުވެސް) އަދި ފާތިޙާ އަށް ފަހު ސޫރަތުގައިވެސް بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (އަޑު ހަރުކޮށް) ވިދާޅެއް ނުވެއެވެ." ހަމަ މިފަދައިން صحيح مسلم (3/ 57) ގައި أم المؤمنين عَائِشَةَ رضي الله عنهاގެ އަރިހުންވެސް ރިވާވެގެން ވެއެވެ. އަދި أبو هريرة رضي الله عنه ގެ އަރިހުން ابن ماجة (2/ 386) ވެސް ރިވާކުރައްވާފައި ވެއެވެ.  
އަދި އަލްއިމާމް أبو عيسىالترمذي ވިދާޅުވިއެވެ. "އިތުރު އެކަލޭގެފާނުންގެ އަޞްޙާބުންނާއި ތާބިޢީންނާއި އޭގެ ފަހުގެ ޢިލްމުވެރިންގެ ގާތުގައި ޢަމަލު ކުރެވެމުން އައިސްފައިވަނީ މިގޮތަށެވެ. އެބޭފުޅުން ޤިރާއަތު އަޑު ހަރުކޮށް ފަށްޓަވަނީ الحمد لله رب العالمين އިން ފަށައިގެންނެވެ.  
ވީމާ ދާއިމުވެ ބިސްމި ބާރަށް ކިޔުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުންގެ އަސްޙަބުންގެ ސުންނަތާއި އޭގެ ފަހުގެ އިލްމުވެރިންގެ އަމަލާއި ދުރުގޮތެވެ. ނަމަވެސް މައުމޫމުންނަށް ދަސްކޮށްދިނުމަށްޓަކައި ބައެއް ފަހަރު އަޑުހަރުކޮށް ކިޔުމަކީ ހުއްދަކަމެކެވެ. އެގޮތަށް عمر بن الخطاب رضي الله عنه އިސްތިފްތާޙުގެ ދުޢާ ޖަހުރީކޮށް ކިޔުއްވިކަން ސާބިތުވެއެވެ. މިފަދައިން شيخ الإسلام ابن تيمية ފަތުވާ ދެއްވާފައިވެއެވެ. (مجموع فتاوى، 22/404) .والله أعلم 
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ