ނިޒާމާ ބެހޭ މައްސަލަ ނަގަން ރުސަތު ނުދީ މީކާއިލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި ނިޒާމާ ބެހޭ މައްސަލަ ނަގަން ރުސަތު ނުދީ މީކާއިލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

ނިޒާމާ ބެހޭ މައްސަލަ ނަގަން ފުރުސަތު ނުދީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު ޖަވާބުދާރީވަމުން ދަނިކޮށް އެކި ފަހަރު މަތިން ނިޒާމާ ބެހޭ މައްސަލަ މީކާއިލް ނެންގެވި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީކާއިލްގެ ނަން އިއްވަމުން ވިދާޅުވީ ނިޒާމާ ބެހޭ މައްސަލައަށް ޖަވާބުދާރީވާން މީކާއިލް ފުރުސަތު ނުދޭ ކަމަށެވެ. މިގޮތުން އޭނާގެ ނަން އިއްވާފައި ވަނީ ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މީކާއިލް ވިދާޅުވީ މިއީ ނިޒާމާބެހޭ މައްސަލައަކަށް އެދެނިކޮށް މަޖިލީހުގެ ތަޅުމުން މެންބަރަކު ބޭރުކުރި ފުރަތަމަ ފަހަރު ކަމަށާއި އެކަން ކުރީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
މީކާއިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ މަޖިލީހުގެ ހަ ވަރަކަށް ސެކިއުރިޓީން އައިސް ގަދަ ބާރުންނެވެ.
މަޖިލީހުގައި ނަން އިއްވައި ބޭރު ކުރުމުގެ ކުރިން ނިޒާމާ ބެހޭ މައްސަލަތަކުގައި ފުރުސަތު ލިބުމުން މީކާއިލް ވަނީ މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މެންބަރުންނަށް އަމާޒުކޮށް ދޮގު ތުހުމަތުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.
މީގެއިތުރުން މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވާހަކަ ނުދައްކަވާ މަޖިލީހުގައި ނެތް މީހުންގެ ބޮލުގައި ދޮގު އެތައް ތުހުމަތެއް އަޅުވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ