ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަނީ
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފި އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނީސްގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން އޭނާ މިއަދު ބޯޑުގެ ބައްދަލުވުމަކަށް ހާޒިރުވާން އެންގުމުން، އެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.އެހެންވެ، މައްސަލަ ބަލައި ނިމެންދެން އަނީސް ސަސްޕެންޑު ކުރަން ބޯޑުން ވަނީ ނިންމައިފައެވެ.ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައަޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.އަނީސް ސަސްޕެންޑުކޮށްފައިވަނީ، ޕޮލްކޯގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލައި، ޕޮލްކޯ ދެ ފަހަރެއްގެ މަތިން ބަލައިފާސްކޮށްފައި ވަނިކޮށެވެ.ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އިމާރާތް ކުރުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ