ރައީސް، މާއެނބޫދޫގެ ބީއެމްއެލް އޭޓީއެމް އިފްތިތާހުކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދ. މާއެނބޫދޫގައި ގާއިމުކުރި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް  ރައީސް މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އެ އޭޓީއެމް ހުޅުވައިދެއްވީ އެމަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބުނީ ކީކޭ - "މިއަދު މި ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށިގެން މި ދިޔައީ މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"މި ހިދުމަތް ފެށުމާ އެކު، މި ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ."
ޝަރީފް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހުޅުވި އޭޓީއެމްއެކެވެ.
މާއެނބޫދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާ އެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުން އަންނަ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ