ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް

މަރުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކުރީ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝާފިއު މިއަދު ވިދާޅުވީ މިމައްސަލަ މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.ލަމްހާ ބަންދުން ދޫކޮށްލިއިރު، މި މައްސަލައިގައި ހިމެނޭ އަނެއްމީހާ މާވިން ހުރީ ބަންދުގަ އެވެ. ކުރިން ލަމްހާ ދޫކޮށްލިއިރު ވެސް މާވިންގެ ބަންދާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.މި މަސައްލައިގައި އަދިވެސް ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މި ދެ މީހުންނާ ދެކޮޅަށް ދައުލަތުން ވަރަށް ގިނަ ހެކި ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ