ޖަލަށް ޑްރަގު އެތެރެކުރަން އުޅުނުކަމަށް ބުނެ ގޯސްކޮށް ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލައިފި

ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ނަމަވެސް އޭނާގެ އަތުން އަދި ގުޅުންހުރި ތަނަކުންވެސް މަސްތުވާތަކެތި ފެނިފައިނުވާކަމަށް ކޯޓުން ބުނެފައިވެ އެވެ.
ގައިދިއަކަށް ޑްރަގް ފޯރުކޮށްދޭން މަސައްކަތް ކުރި ކަމށް ބުނެ ހައްޔަރުކުރި އަންހެނަކު ކޯޓުން ދޫކޮށްލައިފިއެވެ.
މަސްތުވާތަކތި ބޭނުންކޮށް، ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަލްޓަންވިލާ، ފާތިމަތު ނުޒުހާ 49އ، އެވެ.އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުރިމިނަލް ކޯޓުން ވަނީ ޝަރުތަކާ ނުލައި އޭނާ ބަންދުން ދޫކޮށްލާފަ އެވެ.ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ ނުޒުހާ ހައްޔަރުކޮށްފައިވަނީ ހަމަ އެކަނި އިންޓެލިޖެންސް ރިޕޯޓަށް ބަލާފައި ކަމަށެވެ. އަދި ޖަލުގައި ހުރި ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނު ކަމަށްބުނެ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރުވެސް އޭނާގެ އަތުންވެސް، އަދި ހަށިގަނޑުންނާއި ގުޅުންހުރި ތަނަކުންވެސް މަސްތިވާތަކެތި ފެނިފައިނުވާ ކަމަށް އަމުރުގައިވަނީ ފާހަގަކޮށްފަ އެވެ.އޭގެ އިތުރުން ގައިދީއަކަށް މަސްތިވާތަކެތި ގައިދީއަކަށް ފޯރުކޮށްދިނުމަށް ނުޒުހާ އެއްވެސް އަމަލެއް ކުރި ކަމެއް ސާބިތުވާނެ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށްވެސް އަމުރުގައިވެއެވެ.ނުޒުހާ އާއި ދެކޮޅަށް ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓު އެކަނި ކަމަށާއި އެހެން ކަމުން އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާ އާއި ހިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފިއު ވަނީ ކަނޑައަޅައި އަމުރުކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ