ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ބޭއްވުމަށް ތާވްލަކޮށްފި އެވެ. ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ، ރާއްޖެއަށް ހަތިޔާރު އެތެރެ ކުރުމުގެ ކުށުގަ އެވެ. އެކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި ހައިކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފަ އެވެ.
އެކަމާ ގުޅިގެން މީގެ މަހެއްހާ ދުވަސް ކުރިން ނާޒިމް ވަނީ އެ ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު 11:00 ގަ އެވެ. ނާޒިމްގެ ވަކީލުން އެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވަމުން ގެންދަވަނީ ނާޒިމް ވަނީ ބަޔަކު ފްރޭމް ކޮށްފައި ކަމަށެވެ. އަދި ސުޕްރީމްކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު ވަކީލުން ވިދާޅުވެފައި ވަނީ ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި ފުލުސް މީހާ މިހާރު ހޯދިފައިވާ ކަމަށާއި ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ނާޒިމް ބަހައްޓާފައި ހުންނަ އައްސޭރި ޖަލުގެ ވީއައިޕީ ބްލޮކް މަރާމާތު ކުރުމަށް އޭނާ ހުންނެވީ މިވަގުތު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓްގެ ޝަރީއަތުގެ ތެރެއިން މައްސަލަ އަލުން ތަހުގީގު ކުރަން ޖެހޭ ވަރު ކަމެއް ފެންމަތިވެއްޖެ ނަމަ، ނާޒިމްގެ މައްސަލަ ފުލުހުން އަލުން ތަހުގީގު ކުރާނެ ކަމަށެވެ.
ނާޒިމް އިސްތިއުނާފު ބުދަ ދުވަހު ސުޕްރީމް ކޯޓްގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ