އެ މީހުންގެ އަމިއްލަ ގައުމުގައި ކުޅޭއިރު ޕާކިސްތާނަކީ އަބަދުވެސް ބަލިކުރަން އުނދަގޫވާނެ ކަމަށް ވެސްޓް އިންޑީޒްގެ ކެޕްޓަން ކަރައިގް ބްރަތްވެއިޓް ބުނެފި އެވެ. 
ޕާކިސްތާނާއެކު ކުޅޭ ޓެކްސް ކްރިކެޓްގެ ދެ މެޗަށް އެ ގައުމަށް މިހާރު ގޮސް ތިބި ވެސްޓް އިންޑީޒްގެ ކުޅުންތެރިންނަށް އެންމެ އުނދަގޫވާނީ ޕާކިސްތާނުގެ ދަނޑުތަކަށް ފަރިތަނުވުން ކަމަށް ވެސް ކެޕްޓަން ބުންޏެވެ. 
"ޕާކިސްތާނަކީ އަބަދުވެސް ބަލިކުރަން އުނދަގޫ ޓީމެއް. ދެން މިއީ ހުދު އަހަރެން ވެސް ޕާކިސްތާނަށް އައި ފުރަތަމަ ފަހަރު. އެހެންވީމާ ދަނޑުތަކުގެ ހާލަތާއި ފެންވަރެއް ނޭނގެ. މީގެ ސަބަބުން އަމިއްލަ ގައުމުގައި ކުޅޭއިރު ޕާކިސްތާން ބަލިކުރަން އުނދަގޫވާނެ،" ކަރައިގް ބުންޏެވެ. 
މާދަމާ ފަށާ ޓެސްޓް ސީރީސް އަށް ފަހު ވެސްޓް އިންޑީޒް ނިންމާފައިވަނީ ޕާކިސްތާނުގެ ބައެއް ކުލަބުތަކާއެކު ޕްރެކްޓިސް މެޗުތަކެއް ކުޅުމަށެވެ. 
"އަހަރުމެން މި ތިބީ ވަރަށް އުފަލުން. އެއީ ޕާކިސްތާނަށް އާދެވެމުން. މި ޓީމުގެ ވަރަށް ގިނަ ކުޅުންތެރިންނަށް މިއީ މުޅިން އައު މާހައުލެއް. ޕާކިސްތާނަކީ އަމިއްލަ ގައުމުގައި އަބަދުވެސް ވަރަށް ވަރުގަދަ ގައުމެއް،" ކަރައިގް ބުންޏެވެ. 
އޭނާ ބުނީ ޓީމުގެ ތައްރުވުންތައް ރަނގަޅު ކަމަށާއި ޕާކިސްތާނުގެ އިންތިޒާމްތަކާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ. 
ޕާކިސްތާން މިހާރު ތައްޔާރުވަމުން ދަނީ އަންނަ މަހު އެ ގައުމުގައި ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށެވެ.
    
    ވެސްޓް އިންޑީޒުން ބުނަނީ ޕާކިސްތާން ބަލިކުރަން އުނދަގޫވާނެ ކަމަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            