ޒިމްބާބްވޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބްރެޒިލްގެ ހޯސޭ ކްލައުޑިއޭނީ ޖިއޮޖީނީ އަށް މުސާރަ ނުދީ އޮތް މައްސަލައިގައި، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޒިމްބާބްވޭ ބައިވެރިނުކުރަން ފީފާ އިން ނިންމައިފި އެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒިމްބާބްވޭ ކޮލިފައިންގައި ބައިވެރިނުކުރުމަށް ނިންމީ ޖިއޮޖީނީ އަށް މުސާރަ ނުދީ އޮތް މައްސަލައިގައި ކަމަށާއި ޖިއޮޖިނީ އަށް ނުދީ އޮތް ފައިސާ ހަލާސްކުރުމަށް ޒިމްބާބްވޭ އަށް ދިން މުއްދަތުގެ ބޭނުން ޒިމްބާބްވޭ ފުޓްބޯލް އެސޯސިއޭޝަން (ޒީފާ) އިން ނުހިފި ކަމަށެވެ.
މި ނިންމުމާއެކު، ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މެޗެއް ނުކުޅެނީސް ޒިމްބާބްވޭ އަށް ވަނީ ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ދޮރު ބަންދުވެފަ އެވެ. އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު އެވެ.
ޖިއޮޖީނީ ޒިމްބާބްވޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނީ 2008 ވަނަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހަށެވެ. އެ މުއްދަތުގައި ޖިއޮޖީނީ އަށް ނުދީ ހުރި މުސާރަ އޭނާ އަށް ދިނުމަށް ފީފާ އިން އެންމެ ފުރަތަމަ ޒީފާ އަށް އެންގީ 2012 ވަނަ އަހަރެވެ.
ވޯލްޑް ކަޕް ކޮލިފައިން އިން ޒިމްބާބްވޭ ބައިވެރިނުކުރުމަށް ފީފާ އިން ނިންމީ ޒީފާ އަށް އެތައް ފުރުސަތެއް ދީ، އެތައް ފަހަރަކު އިންޒާރު ވެސް ދިނުމަށް ފަހު އެވެ.
މާލީ މައްސަލަތައް ބޮޑުވެ، ހަތަރު މިލިއަން ޑޮލަރުގެ ދަރަންޏެއް އޮތް ޒީފާ އިން ފީފާގެ ނިންމުން އިސްތިއުނާފް ނުކުރާ ކަމަށް ފީފާ އިން ބުނެ އެވެ. -- ބީބީސީ
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޒިމްބާްބްވޭ ބައިވެރިނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ