އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ސައުދީއަށް ދިޔަ ބަޔަކު އެ ގައުމުގައި ތާށިވީ އެ ކުންފުންޏަށް އުމްރާވެރިން ދިން ފައިސާ ޓިކެޓު ނެގުން ނޫން އެހެންކަމަކަށް ބޭނުންކުރުމުން
އަލްހިޖްރަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ޑިސެންބަރު މަހުގެ އުމްރާއަށް ސައުދީއަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެއަށް ނާދެވި އެ ގައުމުގައި ތާށިވެއްޖެ އެވެ.
"މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާވެރިން މައްކާގައި ތާށިވީ އެމީހުން އަނބުރާ ރާއްޖެއަށް އަންނަން ޓިކެޓު ނުނެގުމާ ގުޅިގެންނެވެ. އެއީ ކުންފުންޏަށް އުމްރާވެރިން ދެއްކި ފައިސާ އެހެން ކަމަކަށް ބޭނުންކުރުމާ ގުޅިގެންނެވެ.
އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ޙާލަތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފަ. ރައްޔިތުން އެނބުރި ޤައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ.އިންޝާ ﷲ
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާއަށް ފުރުމަށް ބޭނުންވާ ޓިކެޓު ނެގުމުގައިވެސް އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް ފަހުން އެ ފައިސާ ހޯދުމަށް މަސައްކަތްކޮށް ފައިސާ ލިބުމުން ޓިކެޓު ނަގައިގެން އުމްރާވެރިން ސައުދީއަށް ގެންދިޔައީ އެވެ.
މިހާރު ސައުދީގައި ތާށިވެފައި ތިބި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭނުންވާ ޓިކެޓު ގަތުމަށް އެ ގުރޫޕުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލް-ހިޖުރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ދަތި ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް އަނބުރާ ރާއްޖެއަށް އާދެވޭނެ މަގު ފަހިކޮށްދިނުމަށް މިނިސްޓްރީއަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަލްހިޖުރަގެ ހަވާލުގައި އުމްރާއަށް ދިޔަ ބަަޔަކު ތާށިވެއްޖެ؛ މިނިސްޓްރީން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ