ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން ބޮޑީ ސްކޭނަރެއް މާފުށީ ޖަލުގައި ބަހައްޓައިފި އެވެ.
ތަފްސީލް - މިކަން ހާމަކުރީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގަ އެވެ.
ޖަލުތަކުގެ އެތެރޭގައި ކުރާ ކުށްތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ހުއްޓުވަން އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މާުފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ސްކޭނަރު ބޭނުންކުރަން ޖަލުގެ އޮފިސަރުން ތަމްރީނުކޮށް، އަަންނަ އެޕްރީލު މަހުގައި އެ ސްކޭނަރު ބޭނުންކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ސްކޭނަރު އިންސްޓޯލްކޮށް ތަމްރީނު ދެވި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ. މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި މި ބާވަތުގެ އެހެނިހެން ކަންކަން އިރާދަކުރެއްވިއްޔާ ހުއްޓުވުމަކަށް ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
ގައުމުގައި ހަމަޖެހުން ގާއިމް ކުރުމުގައި ވަށާޖެހޭ ހައްލެއް ގެނައުމަކީ ނުހަނު ބޭނުންތެރިކަމެއް
ކުށްކޮށްގެން ޖަލަށް ހުކުމް ކުރާ މީހުން ޖަލުގައި ބަންދު ކޮށްފައި ތިބޭ އިރު އިންސާނީ ކަރާމާތާއި ބައިނަލްއަގްވާމީ މިންގަނޑު ތަކަށް ފެތޭ ގޮތަށް އިންތިޒާމްތައް ހުރިކަން ކަށަވަރު ކުރުން ވަރަށް މުހިންމު
މިގޮތުން ބަލާއިރު، 17 ނޮވެމްބަރ 2023ގައި ރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓްގެ ހިދުމަތްނެތި
ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ވާނީ ފޯރުކޮށްދެވިފައި
ޖަލުގެ ގޮޅިތަކަށް ސިއްރުން އެންމެ ގިނައި ވައްދާ ތަކެތީގެ ތެރޭގައި ފޯނާއި ޑްރަގްސް ވެސް ހިމެނެ އެވެ. މިފަދަ ތަކެތި ހޯދަން ދޭތެރެ ދޭތެރެއިން ހިންގާ އޮޕަރޭޝަންތަކުގައި ޖަލަށް ވައްދާ ގިނަ އަދަދެއްގެ މިފަދަ ތަކެތި އަތުލައިގަނެފައިވެ އެވެ.
މިފަދަ ތަކެތި ވެއްދުމަށް އެހީވެދޭކަމުގެ ތުހުމަތުގައި ކަރެކްޝަން އޮފިސަރުންތަކެއް ހައްޔަރުކޮށް މިފަހުން ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
މަނާތަކެތި ވެއްދުން ހުއްޓުވަން މާފުށީ ޖަލުގައި ބޮޑީސްކޭނަރެއް ބޭނުންކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ