ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރުޔ ހާޒިރު ކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ސުވާލަކަށް ޖަވާބު ދެއްވައި ޝަހީމު ވިދާޅުވީ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ގާނޫނުގައި ހައްޖު ކޯޕަރޭޝަނުގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހައްޖާއި އުމްރާގެ ކަންކަމަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބަޔާންކު ރާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގައި ފެންމަތިވާ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލެވިގެން ކަމަށެވެ.
"މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަން ޖެހޭ. މިކަން ހުއްޓޭނީ ގާނޫނެއް އޮވެގެން، ޝަހީމު ވިދާޅުވި އެވެ. " މާދުރު ނޫން މުސްތަގުބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތް ކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެސް ދެވޭނީ."
ހައްޖާއި އުމްރާ އަށް ހާއްސަ ގާނޫނެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ