އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީ އެތެރޭގައި ވަރަށްބޮޑަށް
ހިޔާލުތަފާތުވެފައިވަނިކޮށް، ރޭގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ވަނީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ
ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ހ.ރަބީއީ
މަންޒިލްގައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް
ނަޝީދާއި ޢަބްދުﷲ ޝާހިދު ބޭއްވި ބައްދަލުކުރެއްވުމުގައި މުހިންމު ދެ ކަމެއްގައި މަޝްވަރާކުރެވުނެވެ. އެއްކަމަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުންނެވެ.
އެގޮތުން އިންތިހާބުގައި އެމްޑީޕީއަށް ވީހާވެސް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމާ
ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ނަޝީދާ ، ޝާހިދު ބައްދަލުވުމަށްފަހު...
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށްއޮތް
ރިޔާސީ އިންތިހާބާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ ތެރޭގައި
ހިޔާލް ތަފާތުވުމެއް އުފެދިފައިވާއިރު، މި ދެ ބޭފުޅުން ކުރިއަށްއޮތް ރިޔާސީ
އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް ވަނީ
ބެލެވިފައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި
ކުރިއަށްމިއޮތް ދުވަސްތަކުގައި ރައީސް ސޯލިހް މާލެވަޑައިގަތުމާއެކު ރައީސް ނަޝީދު
ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައެވެ. ރައީސް ނަޝީދަށް
އަމާޒުކޮށް ދެވުނު ހަމަލާއަށްފަހު، ދެ ބޭފުޅުންގެ ގުޅުން އަދިވެސް އެހާ
ރަނގަޅުނޫންކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް
ސޯލިހް ބަޔަތު ހިއްޕަވައިގެން ހުންނެވީ މިހާރުގެ މޭޔަރު، އާދަމް އާޒިމާ
އެކުގައެވެ. ރައީސް ނަޝީދު އަލީ އާޒިމް ކޮޅުގައި ހުންނެވިއިރު، ޝާހިދު އަދި
ހުންނެވީ ވަކި ފަރާތަކަށް ނުޖެހިއެވެ.
ރައީސް ނަޝީދާއި ޝާހިދު، ސައްލާކުރެއްވީ ކޮންކަމަކާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ