އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަދުން ފެށިގެން އޮންލައިން 7 ޕްލެޓްފޯމަކުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާރަތް ހަނޑުލުންނަމަ 96 ރުފިޔާބަސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާއާދައިގެ ފުށުންނަމަ 10 ރުފިޔާ އަދިއާޓާ ފުށުންނަމަ 75 ރުފިޔާފިތުރު ޒަކާތް އޮންލައިންކޮިށް ދެއްކޭ ޕްލެޓްފޯމްތައް:އުރީދޫގެ އެމްފައިސާދިރާގުގެ ދިރާގުޕޭއިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެޕާއި ވެބްސައިޓުބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓުފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓުއަވަސް އެޕްފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްއޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި ވެސް ޒަކާޔް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސް އިން ބުންޏެވެ.ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ