ދިރާގު ރޯދަ ރެޑީ: 21 ނަސީބުވެރިޔަކަށް 5،000ރ. ގެ ޝޮޕިން ވައުޗަރެއް ދިރާގު ރޯދަ ރެޑީ: 21 ނަސީބުވެރިޔަކަށް 5،000ރ. ގެ ޝޮޕިން ވައުޗަރެއް

ދިރާގުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ރޯދަ ރެޑީ ޕްރޮމޯޝަން ގެ ދަށުން 21 ނަސީބުވެރިޔަކަށް 5،000ރ. ގެ ޝޮޕިން ވައުޗަރު ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ ފެބްރުއަރީ 9، ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން 5،000ރ. ގެ ޝޮޕިން ވައުޗަރު ކޮންމެ ދުވަހަކު ކޮންމެވެސް އެއް ކަސްޓަމަރަކަށް ލިބޭނެ ކަމަށެވެ.
އެ ވައުޗަރުތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭ ވައުޗަރުތަކެއް ކަމަށެވެ.
އޭގެއިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިޔަކަށް ކަނޑައަޅާ ކޮންމެވެސް އެއް ފިހާރައަކުން އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޕްރޮމޯޝަންގައި ދިރާގު އެޕް މެދުވެރިކޮށް ބައިވެރިވެވޭއިރު، ކޮންމެ ނަންބަރަކުން ވެސް އެންރޯލްކުރުމުގެ ފުރުސަތު ލިބޭނީ އެއްފަހަރެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 50ރ. އިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނާއި، އެޑް-އޮން ނުވަތަ ބޫސްޓާއެއް އެކްޓިވޭޓްކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓާ އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.
މީގެއިތުރުން ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސްއެއް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހަށް ހާއްސަކޮށްގެން އެ މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
ދިރާގުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ