ލުބުނާނަށް އަރައިގަނެގެން އުޅުނު އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި

އިސްރާއީލުގެ އެއްގަމު ސިފައިން ލުބުނާނަށް އަރައިގަނެ, ހިޒްބުاللهގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ވަނީ ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރި ވަމުންދަނިކޮށް މަރުވި އެއް ބެޓާލިއަނަކަށް ނިސްބަތްވާ ތިން ސިފައިންގެ މީހެއްގެ ނަން ހާމަކޮށްފަ އެވެ. ފަހުން ނެރުނު ބަޔާނެއްގައި އިތުރު ސިފައިންގެ މީހަކު މަރުވެ, ދެ މީހަކު ޒަހަަމްވެފައިވާ ކަމަށް ބުނި ނަމަވެސް އެ މީހުންގެ ނަންތަކެއް ހާމައެއް ނުކުރެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ވަރުގަދަ ހަމަލާއެއް ފެށިފައިވާއިރު, އެ ހަމަލާއާ ގުޅިގެން މާރިޗު 2 ވަނަ ދުވަހު އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަނީ އިތުރު ގޯސްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން, އެ ކުރިމަތިލުންތަކުގައި އިޒްރޭލުގެ 10 ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ