ސީ ޓު އެއާ ކާގޯ ހިދުމަތުން މިދިޔަ މަހު 20 ގައުމަކަށް 329 ޓަނުގެ މުދާ ފޮނުވި
ހުސްވި ޑިސެމްބަރ މަހު ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް 329 ޓަނުގެ ކާގޯ ފޮނުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ޑިސެމްބަރ މަހު 20 ގައުމަކަށް ވަނީ ރާއްޖެއިން ކާގޯ ފޮނުވާފަ އެވެ.މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނީ، ސީ ޓު އެއާ ކާގޯ ހިދުމަތުން ޑިސްމްބަރު މަހު 329 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށެވެ. އެގޮތުން އެ މަހުގައި 10 އެއާލައިނަކުން 20 ގައުމަކަށް މުދާ ފޮނުވާފައި ވެއެވެ.ސީ ޓު އެއާ ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރުވެ، އިގްތިސާދީ ގޮތުން ވެސް ފައިދާތަކެއް ދަނީ ކުރަމުންނެވެ. އެ ހިދުމަތް ހިންގަމުންދަނީ އެމްޕީއެލް މެދުވެރިކޮށެވެ.ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގުތިޞާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ބުނެއެވެ.ރާއްޖެއަކީ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ދަތުރުތައް ކުރާ ގައުމަކަށްވާއިރު، މި ހިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ