ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު މާލެ އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކަށް ފޮނުވައި ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިތަކެތި ފޮނުވުމުގެ މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުއެވެ.
ހޮނިހިރު ދުވަހު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3 ވޯޓެއްގެ ވޯޓުލުން އެއް ވަގުތެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެކެވެ. މި ތިން ވޯޓަށް އަތޮޅުތަކުގައި ވޯޓުލުމަށް 347 މަރުކަޒެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމްކުރާނެއެވެ.
މިމަރުކަޒުތަކުގައި ބޭނުންކުރުމަށް، ފޮނުވާ ތަކެތީގެ ތެރޭގައި ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ސާމާނާއި، ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސް ހިމެނެއެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު މި ތަކެތި ފޮނުވާއިރު، ބައެއް އަތޮޅުތަކަށް މިތަކެތި ފޮނުވަނީ ކަނޑުމަގުންނެވެ. އަދި ބާކީ އަތޮޅުތަކަށް ފޮނުވާފައިވަނީ ވައިގެ މަގުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވިދާޅުވީ، ވައިގެމަގުން ތަކެތި ފޮނުވާފައިވާ ހއ، ރ، ތ، ލ، ގއ، ގދ، އިތުރުން އައްޑޫ އަތޮޅަށާއި އަދި ފުވައްމުލައް ސިޓީ އަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށް ކަމަށް އީސީން ވިދާޅުވެއެވެ. މިއަތޮޅުތައް ފިޔަވާ މިހާރު ސާމާނު ނުފޮނުވި ވާނީ ރިސޯޓުތަކަށާއި ކ. އަތޮޅުގެ ރަށްތަކަށް ކަމަށް އީސީން ވިދާޅުވިއެވެ. އެ ސަރަހައްދުތަކަށް ސާމާނު ފޮނުވާނީ ހޯމަ އަދި އަންގާރަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ފޮށި ބެހެއްޓި ނުވަތަ ވޯޓިން ސްޓޭޝަން ޤާއިމް ކުރެވި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އީސީން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card ނަންބަރ ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ.
މާލެ އަތޮޅު ނޫން ހުރިހާ އަތޮޅަކަށް ވޯޓު ފޮށިތައް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ