އިންޑިއާއިން ލަންކާއަށް ތެޔޮ ފޯރުކޮށްދޭން ފަށައިފި އިންޑިއާއިން ލަންކާއަށް ތެޔޮ ފޯރުކޮށްދޭން ފަށައިފި

އިރާން ހަނގުރާމައާ ގުޅިގެން ސްްރީލަންކާއަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް، އިންޑިއާ ސަރުކާރުގެ ސީދާ އެހީތެރިކަމާއެކު އިންޑިއަން އޮއިލް ކޯޕަރޭޝަން (އައިއޯސީ) އިން ލަންކާ އައިއޯސީ އަށް ތެޔޮ ފޯރުކޮށްދޭން ފަށައިފިއެވެ.
މި އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ ސްްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކެ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ 24 ވަނަ ދުވަހު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
މި މަޝްވަރާތަކުގައި އިރާން ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަކަތައިގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވިއެވެ. މި ފޯން ކޯލުގެ އެއް ދުވަސް ކުރިން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސިންގަޕޫރާއި މެދުއިރުމަތީގެ ސަޕްލަޔަރުންނަށް ލަންކާއިން ދީފައިވާ ބައެއް އޯޑަރުތައް ކެންސަލްވެފައި ވަނިކޮށް، އިންޑިއާ ސަރުކާރުން ލަންކާއަށް ތެޔޮ ފޯރުކޮށްދޭން މި ފެށީ، އެގައުމުގެ ތެލުގެ ރިޒާވުން ނަގައިގެން ކަމަށް މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރުވެސް 38,000 މެޓްރިކް ޓަނުގެ ތެޔޮ ހިމެނޭ ފުރަތަމަ ޝިޕްމަންޓް ވަނީ ސްްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެފައެވެ. މި ޝިޕްމަންޓުގައި ހިމެނެނީ، 20,000 މެޓްރިކް ޓަނުގެ ޑީސަލް އަދި 18,000 މެޓްރިކް ޓަނުގެ ޕެޓްރޯލް އެވެ.
މި ޝިޕްމަންޓު ހިފައިގެން ދާ ބޯޓު ހޮނިހިރު ދުވަހު ލަންކާގައި ބަންދަރު ކުރާނެ އެވެ.
ލަންކާ އައިއޯސީއަކީ ސްރީލަންކާގައި ޕެޓްރޯލާއި ޑީސަލްގެ ރީޓެއިލް ވިޔަފާރިކުރާ އިންޑިއަން އޮއިލް ކޯޕަރޭޝަންގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. ލަންކާ އައިއޯސީ އަކީ ސްރީލަންކާގައި ތެލުގެ ރީޓެއިލް ވިޔަފާރި ފެށި އަމިއްލަ ސެކްޓަރުގެ ފުރަތަމަ ކުންފުންޏެވެ. 2017 ވަނަ އަހަރާ ހަމައަށް އެ ކުންފުނިން އަންނަނީ މުޅި ސްރީލަންކާގައި 213 އައުޓްލެޓް ހިމެނޭ ބޮޑު ނެޓްވޯކެއް އޮޕަރޭޓް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ