އުރީދު އަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާ

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. އެ ގޮތުން މޯބައިލް ހިދުމަތްތަކުގެ އާމްދަނީ އަށް 1.64 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 568.3 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނު އިރު އެހެނިހެން ހިދުމަތްތަކުން 2.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހިންގުމުގެ ހަރަދަށް ކެނޑުމަށް ފަހު ޓެކުހަށް ކެނޑުމުގެ ކުރިން އުރީދު އަށް 852.7 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ. އަދި
ޓެކުހަށް ކެނޑުމަށް ފަހު މިދިޔަ އަހަރު ފައިދާގެ ގޮތުގައި 723 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ