އައްޑޫ ސިޓީގެ ބޮޑު ބަޔަކުން ބައިގަޑިއެއްހާއިރަށް ކަރަންޓު ކަނޑާލައިފި

އައްޑު ސިޓީގެ އިންޖީނުގޭގައި ހައި ވޮލްޓޭޖް ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައި އޮންނަ ފަސް ރަށުން އެއްފަހަރާ ބައިގަޑިއެއްހާއިރަށް ކަރަންޓު ކަނޑާލައިފި އެވެ.
އައްޑު އަތޮޅަށް ކަރަންޓުގެ ހިދުމަތްދޭ ސަދަން ޔުޓިލިޓީސްގެ އެކްޓިން މެނޭޖިން ޑައިރެކްޓާ ހަސަން މުހައްމަދު ވިދާޅުވީ، މިއަދު މެންދުރު ފަހު 3:00 ޖަހާއެހާކަންހާއިރު ކަރަންޓު ކަނޑާލައިފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫއާއި، މަރަދޫއާއި، މަރަދޫފޭދޫއާއި ފޭދޫގެ އިތުރުން ގަމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓު ކަނޑާލަން ޖެހުނީ އިންޖީނުގޭގެ ހައިވޮލްޓޭޖް ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ޖެހުނީ، އިންޖީނުގޭގައި ބަހައްޓައިފަ ހުރި އިންޖީނެއްގެ ޓްރާންސްފޯމަރުގައި އަލިފާން ރޯވެ، ކަރަންޓު ޝޯޓުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރަންޓު ކަނޑާލިތާ ބައިގަޑިއިރެއްހާއިރު ތެރޭ އަލުން ކަރަންޓް ގުޅައިދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ