ނޫސްވެރިކަމުގެ ދެ ކޯހަކާ އެކު މައުމޫން ފައުންޑޭޝަނުން ބެޗްލާސް ޑިގްރީ އަށް ކޯހަކަށް ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ ދެ ކޯހާ އެކު މައުމޫން ފައުންޑޭޝަނުން ބެޗްލާސް ޑިގްރީ ފެންވަރުގެ އަށް ކޯހަކަށް އިންޑިޔާގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ މެންބަރު ޒަހާ ވަހީދު މިއަދު ވިދާޅުވީ އަށް ދާއިރާ އަކުން އަށް ސްކޯލާޝިޕެއްގެ ފުރުސަތު ހުޅުވާލާފައި ވަނީ ބެންގަލޫރުގެ ގާޑުން ސިޓީ ކޮލެޖްގައި ކަމަށެވެ.
މިފަހަރުގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި، ބީބީއެމް- ބެޗްލާސް އޮފް ބިޒްނަސް މެނޭޖްމަންޓްސް އާއި ބެޗްލާސް އޮފް ހޮޓެލް މެނޭޖްމަންޓާއި ބެޗްލާސް އޮފް ކޮޕްޕިއުޓާ އެފްލިކޭޝަނާއި ބަޔޯ ޓެކްނޮލޮޖީ، ބަޔޯ ކެމިސްޓްރީ އެންޑް ޖެނެޓިކްސް އާއި ބީ.ކޮމް- ބެޗްލާ އޮފް ކޮމާސް އާއި ބީ.އޭ ޖާނަލިޒަމް، ސައިކޮލަޖީ އެންޑް އިންގްލިޝް އާއި ބީއޭ ޓުއަރިޒަމްގެ އިތުރުން ހިސްޓްރީ އެންޑް ޖާނަލިޒަމް ހިމެނެ އެވެ.
ޒަހާ ވިދާޅުވީ 12،000 ޑޮލަރާއި 18،000 ޑޮލަރު ޓިއުޝަން ފީ އަށް ހަރަދުވާ ކޯސްތަކުގެ ޓިއުޝަން ފީ ފިޔަވައި އިތުރު ހަރަދަތައް މިފަހަރު ކުރަން ޖެހޭނީ ދަރިވަރުން އަމިއްލަ އަށެވެ.
ތިން އަހަރާއި ހަތަރު އަހަރު ދުވަހުގެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތަކުން މި މަހުގެ 25 ގެ ކުރިން އެޕްލިކޭޝަން ފޯމް މައުމޫން ފައުންދޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ނަންތައް އަންނަ މެއި މަހުގެ ދެ ވަނަ ދުވަހު އިޢުލާން ކުރާނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
ބެންގަލޫރުގެ ގާންޑް ސިޓީ ކޮލެޖްގައި މިހާރު ވެސް މައުމޫން ފައުންޑޭޝަންގެ ސްކޮލާޝިޕްގެ ދަށުން ދިވެހި ހަތަރު ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ