ތިމަރަފުށްޓާއި ކުރެންދޫ ދާއިރާގެ މައްސަލަ ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިހާބާއި ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް ހުށައެޅި މައްސަލަ ބަލައިގެންފިއެވެ.
ތިމަރަފުށީ ދާއިރާގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި، އަދި މިހާރުވެސް އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހުމަދު ޝަރީފެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ވާދަކޮށް އޭނާ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެންމެ ނުވަ ވޯޓުގެ ތަފާތުންނެވެ.
ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ހުށަހެޅިއިރު . އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްބާރީ އަބްދުﷲ އެވެ. ބާރީ އާއި ވާދަކުރެއްވި މިހާރުގެ މެންބަރު އަހުމަދު މޫސާ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެންމެ ހަތް ވޯޓުގެ ތަފާތުންނެވެ.
މީގެކުރިން ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލައިގެންފައިވާއިރު ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގައި ލިޔެކިޔުންތައް ފުރިހަމަ ނުވާތީ އެމައްސަލަ ކޯޓުން އަނބުރާ ފޮނުވާލި އެވެ. ނަމަވެސް އިއްޔެ އެ މައްސަލަ ވަނީ އަލުން ކޯޓަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ