ގާސިމް އިބްރާހިމް އަކީ ދިވެހިންނަށް އާބޭފުޅެއް ނޫނެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނުގެ އިތުރުން އޭނާ އަކީ ސިޔާސީ މައިދާނުގައި ވެސް ހަރު ބޭފުޅެކެވެ.
މިފަހަކުން އައި ސިޔާސީ ކޮޅިގަނޑުގައި ގާސިމް ވަޑައިގެންނެވީ ވިލާ ކުންފުނީގެ ބޯޓެއް ޑޮގަށް ލުމަށް ބެންކޮކަށެވެ. އެއަށް ފަހު ޖަރުމަންވިލާތައް ވަޑައިގެން އެގައުމުގައި ދުވަސް ކޮޅަކު ހުންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ގާތްގަނޑަކަށް ދޮޅު މަސްދުވަހު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު ގާސިމް ރާއްޖެ ވަޑައިގެންނެވި އިރު ހުންނެވީ ކޮންވެމެސް ވަރަކަށް ހިކި އަދި ތުނބުޅި ވެސް ކޮންމެވެސް ވަރަކަށް ދިގު ވެފައެވެ.
ދިގު މެދުކެނޑުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިއަދު ގާސިމް ވަނީ ވަޑައިގެންފައެވެ. ގާސިމް އާއި އެކު ސެލްފީ އެއް ނަންގަވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ.
ފޮޓޯގައި ގާސިމް އާއި ނިހާނު ހިނިތުންވެފައި ތިއްބެވިއިރު ގާސިމްގެ ތުނބުޅި އަދިވެސް ހުރީ ކުޑަކޮށް ދިގު ކޮށެވެ. ގާސިމްގެ ބޮލުގައި ނުރަ އިސްތައްޓެއް ނެތް ނަމަވެސް ގާސިމްގެ ތުނބުޅީގައި ކަޅު އިސްތައްޓަށްވުރެ ގިނައީ ނުރަ އިސްތައްޓެވެ.
ގާސިމްގެ ސްޓައިލަށް މިގެންނެވި ބަދަލާއި ބެހޭ ގޮތުން ގާސިމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވި ނަމަވެސް ގާސިމްގެ މިބަދަލު ފާހަގަ ކުރަން ޖެހެއެވެ. ސަބަބަކީ މިއީ ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ މަތި ފަޑީގައި ހުންނެވި ބޭފުޅެއްގެ ސްޓައިލަށް ގެންނެވި މިފަދަ ފުރަތަމަ ބަދަލު ކަމަށްވާތީއެވެ.
ގާސިމްގެ ތުނބުޅި ދިގު ކުރައްވަން އަމާޒު ހިތްޕަވާފައި ހުރިހެން ހިވާއިރު މިހާރު ކޮށްލަން އެންމެ ރަނގަޅު ސުވާލަކީ ގާސިމް އާއި އެންމެ ގުޅޭނީ ކޮންކަހަލަ ތުނބުޅިއެއް ހެއްޔެވެ؟
ގާސިމް އިބްރާހިމްގެ އެތުނބުޅި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ