ލެސްޓާ ސިޓީ ކުޅުން ފުރަތަމަ މެޗުންވެސް ބަލިވެއްޖެ!

ނިމިދޔަ އިނގެރޭސި ޕްރިމިއާ ލީގުގެ އެއްވަނަހޯދި ލެސްޓާ ސިޓީގެ އާ ސީޒަން ފެށިގެން މިދިޔައީ އެމީހުން އުންމީދުކުރި ގޮތަކަށް ނޫނެވެ. އަލަށް ޕްރޮމޯޓްވި ހަލް ސިޓީ އާ ލެސްޓާ ސިޓީ ބައްދަލުކުރި މެޗުން ލެސްޓާ ވަނީ 1-2 އަކުން ބަލިވެފައެވެ.
އިއްޔެ ހަވީރު ރާއްޖެ ގަޑިން 5:30 ގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފްގައި ލެސްޓާގެ ޖޭމީ ވާޑީ އައްވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ ފުރަތަމަ ގޯލް ޖެހީ ހަލް ސިޓީ އިންނެވެ. މިއީ ވަރަށް އާދަޔާ ހިލާފު ގޯލެކެވެ. ސަބަބަކީ ގޯލައް ފޮނުވާލި ބޯޅައިގައި ދެކުޅުންތެރިޔަކު އެއްފަހަރާ ޖެހީމައެވެ. އެހެންކަމުން މިގޯލް ޖެހީ ކޮން ކުޅުންތެރިއެއް ކަމެއް ދެންނެވޭކަށްނެތެވެ.
2 ވަނަ ހާފުގައި ލެސްޓާގެ ޑެމަރައި ގްރޭ އަށް އޭރިއާ އެތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލެސްޓާ ސިޓީއަށް އެއްވަރު ކޮއްދިނީ ރިޔާދު މަހުރޭޒް އެެވެ.
ނަަމަވެސް މާގިނައިރު ތަކެއް ނުވަނީސް ހަލް ސިޓީ އިން މޮޅުވި ގޯލް ޖެހިއެވެ. މިގޯލް ޖަހައިދިނީ ރޮބާޓް ސްނޮޑްގްރާސް އެވެ. މެޗުގެ ހައިލައިޓްސް ބައްލަވާލައްވާށެވެ.
ރޭ ކުޅެވުނު އަނެއް މެޗުގައި ޓޮޓެންހަމްއާއި އެވަޓަން ބައްދަލުކޮށް 1-1 ކުން ވަނީ އެއްވަރު ވެފައެވެ. މިމެޗުގެ ގޯލްތައް ޖަހައިދިނީ ރޮސް ބާކްލޭ އަދި އެރިކް ލަމެލާ އެވެ.
ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓަރ ޔުނައިޓެޑް ބާރނެމޯތު ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެގަޑިން 5:30 ގައެވެ. އަދި މިރޭ ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން 8:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ